ޕެންޝަން ފަންޑުން ފައިސާ ނެގޭ އިސްލާހުގެ މަސައްކަތް އަންނަ މަހަށް ދަންމާލައި، 3 މިނެޓު ތެރޭ ކޮމިޓީ ވެސް ނިންމާލައިފި

ސަން

6 ޖެނުއަރީ 2026 | އަންގާރަ | 10:46

ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ވެރިކަންކުރާ ޕީއެންސީން ހުށަހެޅި އިސްލާހުގެ މަސައްކަތް އަންނަ މަހާ ޖެހެންދެން ދަންމާލަން ނިންމުމަށް ފަހު، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ވެސް ތިން މިނެޓު ތެރޭ ނިންމާލައިފިއެވެ.

މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ވަނީ ޖަލްސާއެއް ބާއްވައި، ދެ އިންތިޚާބު އެއްކޮށްލުން ހިމެނޭހެން ބައެއް މަސައްކަތްތައް ފަށާފައެވެ.

އިއްޔެގެ ޖަލްސާގައި އެ މަސައްކަތުގެ އިތުރުން، ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ޕީއެންސީން ހުށަހެޅި އިސްލާހުގެ މަސައްކަތް ވެސް ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެ މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތު މުރާޖާކުރަން އެ ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިއަދު ވެސް ވަނީ ބާއްވާފައެވެ.

މައުޟޫޢުތަށް