ވޯލްޑް ބޭންކުން ދޭގޮތަށް އޮތް 519 މިލިއަން ރުފިޔާ، ދަރަނި މެނޭޖު ނުކުރެވިގެން ރާއްޖެއަށް ގެއްލިއްޖެ: ޝަމްހީދު

ސަން

6 ޖެނުއަރީ 2026 | އަންގާރަ | 12:03

ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ރާއްޖެއަށް ލިބެންއޮތް 33.7 މިލިއަން ޑޮލަރު (519 މިލިއަން ރުފިޔާ)ގެ އެހީ, ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ނުލިބި ގެއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިއަދު "ސަން"އަށް ވިދާޅުވީ، މި އެހީ ރާއްޖެއަށް ނުލިބި, ގެއްލުނީ ދައުލަތުގެ މާލިއްޔަތު މެނޭޖުކުރުމަށް މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތާ ހެދި ކަމަށެވެ. ޚާއްސަކޮށް ދަރަނި މެނޭޖުކުރުމުގައި ފެއިލްވުމަކީ މި ފައިސާ ގެއްލުނު ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، ނިމިދިޔަ އަހަރު ރާއްޖޭން ހާސިލުކުރާނެ ކަމަށް ސަރުކާރުން ވޯލްޑް ބޭންކަށް ޔަގީންކަން ދިން ދެ ކަންތައް ހާސިލުނުވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަރުކާރުން ލޯން ނަގާއިރު ކޮންސެޝަނަލް ލޯނު ނޫނީ ނުނެގުން ކަމަށާއި ނަމަވެސް ސަރުކާރުން އަމަލުކުރީ އެގޮތަށް ނޫން ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މައުޟޫޢުތަށް