ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ސާވޭ ފަށައިފި
ސަން
6 ޖެނުއަރީ 2026 | އަންގާރަ | 11:59
ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ސާވޭ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް، އިއްޔެ ހޮސްޕިޓަލް ސައިޓުގައި ސާވޭއެއް ކޮށްފިއެވެ.
މި މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން ޗައިނާ އެމްބަސީން ބުނީ ސާވޭ މަސައްކަތަށް ކަމާ ބެހޭ މާހިރުންގެ 11 މެންބަރުންގެ ޓީމެއް މިދިޔަ މަހުގެ 18އިން މި މަހުގެ 15ވަނަ ދުވަހާ ހަމައަށް މަސައްކަތްކުރާނެ ކަމަށެވެ.
އެ ޓީމުން އިއްޔެ ސައިޓް ސާވޭއެއް ކޮށްފައިވާކަމަށް އެމްބަސީން ބުންޏެވެ. މި ސާވޭކުރުމުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންޖިނޭރުންނާއި، ވިލިމާލޭ ހޮސްޕިޓަލްގެ އިސްވެރިޔާ ބައިވެރިވި ކަމަށް އެމްބަސީން ބުންޏެވެ. މީގެ އިތުރުން ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ގްރޫޕެއް ވެސް ބައިވެރިވެފައިވެއެވެ.