ދެ މައްސަލައެއްގައި 9 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމަށް އިތުރު 23 އަހަރުގެ ހުކުމެއް

ސަން

6 ޖެނުއަރީ 2026 | އަންގާރަ | 1:33

މިހާރުވެސް ދެ މައްސަލައެއްގައި ނުވަ އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމް، އިތުރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ބައްސާމް، 23 އަހަރަށް ޖަލަށްލާން ހުކުމް ކުރީ، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައެވެ.

ކްރިމިނަލް ކޯޓުގެ ޝަރިއަތުން ކަނޑައަޅާފައިވާ ގޮތުގައި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރުގެ ފައިސާ، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ.

މައުޟޫޢުތަށް