ބޮޑު ބަންދުގައި މޯލްޑިވިއަންގެ ތާވަލުގައި އެތެރޭގެ 3،700 އަށްވުރެ ގިނަ ދަތުރު އެބައޮތް
ސަން
6 ޖެނުއަރީ 2026 | އަންގާރަ | 3:37
މިދިޔަ ޑިސެންބަރުން ފެށިގެން މި ހިނގާ ޖަނަވަރީ މަހުގެ ބޮޑު ބަންދުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް 3،700 އަށް ވުރެ ގިނަ ދަތުރުތައް ތާވަލުކޮށްފައި އެބައޮތް ކަމަށް، ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.
ސުކޫލު ކުދިންގެ ބޮޑު ޗުއްޓީއަށް މޯލްޑިވިއަނުން ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން އެ އެއާލައިނުން "ސަން" އާ ހިއްސާކުރި މައުލޫމާތުގައިވަނީ، ޑިސެންބަރުން ޖަނަވަރީއަށް ރާއްޖޭގެ 17 ސަރަހައްދަކަށް 3،700 އަށްވުރެ ގިނަ ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށާއި، އެއީ 197،000 އަށްވުރެ ގިނަ ގޮނޑީގެ ޖާގަ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ، އެއާބަސް އޭ330 މަރުކާގެ ފުލައިޓުގައި އުމްރާވެރިން އުފުލުމަށް ޓަކައި ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް 20 އަށްވުރެ ގިނަ ދަތުރު ތާވަލުކޮށްފައިވާނެ ކަމަށެވެ.