ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި އާސަންދަ ދޭން ލަފާ ދީފި

ސަން

6 ޖެނުއަރީ 2026 | އަންގާރަ | 3:09

ހުރިހާ އެންމެންނަށް އެއް ހަމައަކުން ބޭސް ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ހަމައެކަނި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދޭން އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި މިއަދު ލަފާ ދީފިއެވެ.

އާސަންދައާއި އެންސްޕާއިން ބޭސް ފަރުވާއަށް ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

އެ ފަދަ އެހީތައް ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ދޭން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް މީގެ ކުރިން ދިވެހިރާއްޖެއަށް ލަފާ ދީފައިވެއެވެ. އެކަމަކު، އެ ބަދަލުތައް ސަރުކާރުން ގެނެސްފައެއް ނުވެއެވެ.

މައުޟޫޢުތަށް