އެޗްޑީސީން މުވައްޒަފުން ނެގި އަދަދާއި ޚަރަދުގެ މައުލޫމާތު ނުދިން
ސަން
6 ޖެނުއަރީ 2026 | އަންގާރަ | 3:36
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް މުވައްޒަފުން ނެގި އަދަދާއި ކުންފުނީގެ ޚަރަދުތަކާ ގުޅޭ މައުލޫމާތު ވެސް ހާމަކުރެވެން ނެތް ކަމަށް ބުނެ، އެ މައުލޫމާތު ނުދެވޭނެ ކަމަށް އެ ކުންފުނިން މިއަދު އަންގައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ގިނަ އަދަދެއްގެ މައުލޫމާތު ހޯދަން 'ސަން'އިން ފޮނުވި ރިކުއެސްޓްގެ ޖަވާބުގައި އެ ކުންފުނިން ވަނީ ހޯދަން އެދުނު ގިނަ މައުލޫމާތަކީ ދެވެން ނެތް މައުލޫމާތެއް ކަމަށް ބުނެ، އެ މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހަދާފައެވެ.
ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންގެ ޚަރަދާއި، މުވައްޒަފުން ނަގަމުން އައި ގޮތުގެ ތަފުސީލުތައް ހިމެނެއެވެ. އެގޮތުން، އަހަރުން އަހަރަށް ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދު ވެސް ހޯދަން ވަނީ އެދިފައެވެ. އެއީ، އާންމު އުސޫލުން މީގެ ކުރީގައި ހާމަކުރާ މައުލޫމާތެވެ.