ގަވައިދާ ޚިލާފަށް ކޯސްތައް ހިންގާފައެއް ނޯންނާނެ، ނަން ކިލަނބުކުރަން އުޅުމުން އެމްކިޔުއޭއަށް ގާނޫނީ ފިޔަވަޅު އަޅާނަން: އެވިޑް ކޮލެޖު

ސަން

6 ޖެނުއަރީ 2026 | އަންގާރަ | 7:13

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކޮށްފައިވާ އެކްރެޑިޓޭޝަނާ ޚިލާފަށް އެވިޑު ކޮލެޖުން ލަންކާގައި ޕްރޮގްރާމުތަކެއް ހިންގާފައެއް ނޯންނާނެ ކަމަށާއި، އެމްކިއުއޭއިން އަމަލުކުރި ގޮތަކީ އެ ކޮލެޖުގެ ނަން ކިލަނބުކުރުން ކަމުން، އެ އިދާރާއަށް ގާނޫނީ ފިޔަވަޅު އެޅުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް، އެވިޑު ކޮލެޖުން މިއަދު ބުނެފިއެވެ.

އެމްކިއުއޭއިން ދޫކޮށްފައިވާ އެކްރެޑިޓޭޝަންތަކާ ޚިލާފަށް އެވިޑު ކޮލެޖުން އަވަށްޓެރި ސްރީލަންކާގައި ޕްރޮގްރާމުތަކެއް ހިންގާތީ ކަމަށް ބުނެ، އެ ކޮލެޖަށް ނަސޭހަތްދީ، އެމްކިއުއޭއިން އެކަން އިއުލާނުކުރީ މި މަހުގެ ތިންވަނަ ދުވަހެވެ.

އެކަމާ ގުޅިގެން، ސްރީލަންކާގައި ގަވައިދާ ޚިލާފަށް ކޯސްތައް ހިންގަމުންދާ ކަން ދޮގުކޮށް މިއަދު ނެރުނު ބަޔާނެއްގައި އެވިޑުން ބުނީ، އެ ކޮލެޖުގެ ބައެއް ކޯސްތައް ސްރީލަންކާގެ ބައެއް ޕާޓްނާ ކޮލެޖުތަކުން ހިންގާފައިވަނީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެވިޑުގެ ހުއްދަ ހޯދުމަށް ފަހު، އެވިޑަކީ ސްރީލަންކާގެ ޔުނިވާސިޓީތަކާ ބެހޭ އިދާރާ ކަމަށްވާ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން (ޔޫޖީސީ)އިން ގަބޫލުކުރާ ތަނަކަށް ވާތީ ކަމަށެވެ.

މައުޟޫޢުތަށް