1.6 ބިލިއަން ރުފިޔާއަށް އަގު އަރާ 14 މަޝްރޫއު، އެމްޓީސީސީއާ ހަވާލުކޮށްފި

ސަން

6 ޖެނުއަރީ 2026 | އަންގާރަ | 9:43

ދޮޅު ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް 14 ރަށެއްގައި އުމްރާނީ މަޝްރޫއުތަކެއް ހިންގުމަށް، ކޮންސްޓްރަކްޝަން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށް އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ.

އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ހއ. އިހަވަންދޫގައި އާޓިފިޝަލް ބީޗެއް ތަރައްގީކުރުމަށާއި ގދ. ފަރެސްމާތޮޑާގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ހިމެނޭހެން ދެ ރަށެއްގައި ބަނދަރު ތަރައްގީކުރުމަށާއި، ހަތް ރަށެއްގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމަށާއި، ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށެވެ.

މައުޟޫޢުތަށް