ޚިޔާލު ތަފާތުވުންތަކާ ހުރެ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ، އެމްޑީޕީ ޖެހޭނީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން: ޣަފޫރު
ސަން
6 ޖެނުއަރީ 2026 | އަންގާރަ | 11:21
އުފެދޭ ޚިޔާލު ތަފާތުވުންތަކުގައި ނުކަސިޔާރުކޮށް ކަންކަން ކުރަން ވެއްޖިއްޔާ އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ގައުމުގެ ހައްގުގައި، އަދި އެ ޕާޓީގެ މަސްލަހަތަށްޓަކައި ހުރިހާ މެންބަރުން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ އިންތިޚާބަށް އެމްޑީޕީން ނުކުންނަނީ ވަރަށް އުންމީދާއެކު ކަމަށެވެ.
އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ޣަފޫރު ވިދާޅުވިއެވެ. އޭނާ ވަނީ އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީން ކުރިއަށް ދިއުމަށްޓަކައި އެ ޕާޓީގެ މެންބަރުންގެ ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް، އެކުގައި ކުރިއަށް ދާން އެދިވަޑައިގެންފައެވެ.