މާލޭ ގޯޅިއެއް ތެރޭގައި ފިރިހެނަކާއި ދުވަސްވީ އަންހެނަކާ ދެމެދު މާރާމާރީއެއް ހިނގި މައްސަލައެއް ބަލަނީ
ސަން
6 ޖެނުއަރީ 2026 | އަންގާރަ | 10:50
މާލެ، ގަލޮޅު، ހަލަވެލި ގޯޅީގައި ފިރިހެނަކާއި އުމުރުން ދުވަސްވީ އަންހެނަކާ ދެމެދު މާރާމާރީއެއް ހިނގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެ، ގަލޮޅު، ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގި މައްސަލައެއް މިރޭ 20:59ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލު ހިއްސާނުކުރި ނަމަވެސް ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.