ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ރެޒިޑެންޝަލް އިމާރާތެއް އަޅަން ބަޔަކު ހޯދަނީ

ސަން

7 ޖެނުއަރީ 2026 | ބުދަ | 8:56

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރާ ރެޒިޑެންޝަލް އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަންގެ އިއުލާނުގައިވާ ގޮތުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މި ބީލަމުގައި ރަޖިސްޓްރީވުމަށް 30,000 ރުފިޔާ ނުވަތަ 2,000 ޑޮލަރުގެ ފީއެއް ދައްކަން ޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެއާ އެއްވަރަށް ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ.

'ނިއަމް ރެސިޑެންސް' ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެފްޑީސީން މި މަޝްރޫއަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް