ބިދޭސީއަކު ދުއްވި ވޭނެއް ބެލިއިރު ފެނުނީ 134 ފުޅި ބަނގުރާ

ސަން

7 ޖެނުއަރީ 2026 | ބުދަ | 1:07

ހުޅުމާލޭގައި ބިދޭސީއަކު ދުއްވި ވޭނަކުން 134 ފުޅި ބަނގުރާ ފެނިގެން ހައްޔަރުކޮށްފިއެވެ.

އިއްޔެ މި މައްސަލައިގައި ހައްޔަރުކުރީ، ބަންގަލްދޭޝަށް ނިސްބަތްވާ 31 އަހަރުގެ އެމްޑީ ޖެވެލް ހޮސެންއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ، އިއްޔެ ހެނދުނު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސް ކުރުމަށް ފަހު ކަމަށެވެ.

މައުޟޫޢުތަށް