މިދިޔަ ރިޔާސީ އިންތިޚާބު އަހަރު، އާސަންދައިން ބޭރަށް ފޮނުވަން ކުރި ޚަރަދު 35 ޕަސެންޓް އިތުރުވި

ސަން

7 ޖެނުއަރީ 2026 | ބުދަ | 11:34

އެމްޑީޕީގެ ވެރިކަމުގައި މިދިޔަ ރިޔާސީ އިންތިޚާބު އަހަރުގެ ތެރޭގައި އާސަންދައިން, ރާއްޖޭން ބޭރަށް މީހުން ފަރުވާއަށް ފޮނުވުމަށް ކުރި ޚަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އިއްޔެ ނެރުނު, އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން, 2019 އިން 2024 އަށް ވަނީ ރާއްޖޭން ބޭރުން ދިވެހީންނަށް ބޭސްފަރުވާ ކޮށްދިނުމަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

އެ ޚަރަދުތަކަށް ބަލާއިރު ގިނައިން އަހަރަކަށް ވުރެ އަހަރެއް ވަނީ ޚަރަދުތައް ބޮޑުވެފައެވެ. ރާއްޖޭން ބޭރުން އާސަންދަ ދިނުމަށް 2019 ވަނަ އަހަރު 270 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ކޮވިޑާ އެކު މުޅި ދުނިޔެ ބަންދުވި 2020 ވަނަ އަހަރު އެ ޚަރަދު ވަނީ 120 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މައުޟޫޢުތަށް