ފަހި ފްލެޓްތަކުގައި އެފްޑީސީން އަގަށް އިންޓީރިއާ މަސައްކަތްކޮށްދެނީ
ސަން
7 ޖެނުއަރީ 2026 | ބުދަ | 11:16
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓްތައް ލިބުނު މީހުންނަށް ފަރުނީޗަރު ވިއްކުމުގެ ޕެކޭޖުތަކެއް އެ ކުންފުނިން ތައާރަފުކުރަން ނިންމައިފިއެވެ.
އެފްޑީސީގެ ފްލެޓްތައް ކަމަށްވާ "އަމާންދޯދި" އަދި "އަމާން އުދަރެސް" ފްލެޓްތައް އެ ލިބުނު މީހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން އަންނަނީ ކުރިއަށްގެންދަމުންނެވެ.
ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓްތައް ހަވާލުކޮށް ނިންމަން އަމާޒު ހިފާފައިވާއިރު، އެ ފްލެޓްތަކުގައި ފަރުނީޗަރު ބެހެއްޓުން ފިޔަވާ ހުރިހާ ފިނިޝިން މަސައްކަތެއް ވަނީ ކޮށްފައެވެ. އެގޮތުން، ދޮރުތައް ހަރުކޮށް، ފަންކާ ހަރުކޮށް، މުށި ވެސް ވަނީ ޖަހައިފައެވެ.