ޔޫނިއަންތަކުގެ ތުހުމަތެއް: 7،000 ފުލެޓު އަޅަން ޚާއްސަކުރި ބިންތައް، ލަގްޒަރީ އެޕާޓުމަންޓު އަޅަން އުޅެނީ ވިއްކާލަން

ސަން

7 ޖެނުއަރީ 2026 | ބުދަ | 12:46

ކުރީ ސަރުކާރުން 7،000 އާއި 8،000 ފުލެޓު އަޅަން ޚާއްސަ ކުރި ބިންތައް, ލަގްޒަރީ އެޕާޓުމަންޓުތަކެއް އަޅަން މި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމަށް ބޯހިޔާވަހިކަމުގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަންއާއި އުތުރުތިލަފަޅު ޔޫނިއަނުން މިއަދު ތުހުމަތުކޮށްފިއެވެ.

އެ ޔޫނިއަންތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު ވަނީ، ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅުންހުރި ކަންބޮޑުވުންތަކެއް ފާހަގަކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމްތަކުގެ ގޮތުގައި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް އިއުލާންކުރެއްވުމަށްފަހު، އެ ސްކީމުތަކުގެ ދެވަނަ ފިޔަވައްސެއް ކުރިއަށްގެންދަވާނެކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިންމައި 2023ގައި އިއުލާނުކުރެއްވިއެވެ.

މައުޟޫޢުތަށް