ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ސަން

7 ޖެނުއަރީ 2026 | ބުދަ | 1:00

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދޭ އެވޯޑަށް ކުރިމަތިލާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހުޅުވާލައިފިއެވެ.

އެއީ، ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކޮށް، ހިތްވަރުދޭން ޑަބްލިއުއެޗްއޯއިން ދޭ އެވޯޑެކެވެ. އެ އިނާމަށް ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރަން މަސައްކަތްކުރާ ފަރުދުންނާއި، ޖަމިއްޔާތަކާއި އިދާރާތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހު 16 ވަނަ ދުވަހެވެ. އެހެންވެ، އޭގެ ކުރިން ޑަބްލިއުއެޗްއޯގެ ވެބްސައިޓުގައިވާ ފޯމު ފުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ވަނީ އެދިފައެވެ.

މައުޟޫޢުތަށް