ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭ ފެންވަރުގެ ކޮލެޖެއް ރާއްޖެއަކު ނެތް: ފިޒާނާ
ސަން
7 ޖެނުއަރީ 2026 | ބުދަ | 2:26
ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭ އުސޫލަށް ލުއިތަކެއް މިހާރު ގެނެސްފައިވާއިރު, އެ ދަރަޖަ ދެވޭވަރުގެ ކޮލެޖެއް އަދި ރާއްޖޭގައި ނެތް ކަމަށް, މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ކޮލެޖު ހިންގާތާ 15 އަހަރުވެފައިވާނަމަ، އެ ކޮލަޖަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭހެން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހެއް ގެނެސް ބިލު މަޖިލީހުން ފާސްކުރުމާއެކު, މިދިޔަ ނޮވެންބަރު މަހުގެ ނުވަ ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ކުރައްވައިފައެވެ.
މަންދު ކޮލެޖުގެ ވެރިޔާ, އިބްރާހީމް އިސްމާއީލް (އިބްރާ) މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން, "ޕްރައިވެޓް ޔުނިވާސިޓީއާ ބެހޭ ޤަވައިދު" ގެ ޑްރާފްޓެއް އިއްޔެ ފޮނުވައި، މާދަމާ އެއަށް ކޮމެންޓް ދޭން އަންގާފައިވާ ކަމަށެވެ.