މެންބަރެއްގެ ދައުރު ހަމަވާތީ، އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސަން

7 ޖެނުއަރީ 2026 | ބުދަ | 2:49

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ، ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ފަސް އަހަރުގެ ދައުރު ހަމަވާން ކައިރިވެފައި ވަނީ, އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށް ކަމަށެވެ.

މައުޟޫޢުތަށް