ޕީއެންސީ ޕްރައިމަރީ ބޭއްވިތާ ދެ ހަފުތާ: ދާއިމީ ނަތީޖާ އިއުލާނުކުރާނެ ދުވަހެއް އަދި ނޭނގެ

ސަން

7 ޖެނުއަރީ 2026 | ބުދަ | 3:21

ވެރިކަން ކުރާ ޕީއެންސީން، ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ޓަކައި ބޭއްވި ޕްރައިމަރީއަށް ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވީއިރު ދާއިމީ ނަތީޖާއާމެދު ގޮތެއް ނުނިމި ގިނަ ދުވަސްވެއްޖެއެވެ.

އެ ޕާޓީން ޕްރައިމަރީ ބޭއްވީ މިދިޔަ މަހުގެ 27ވަނަ ދުވަހެވެ. އެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ވޯޓުލުން ކުރިއަށްދިޔައިރު، މާލޭ ނޫން އެހެން ސަރަހައްދެއްގައި މާ ބޮޑު ހަމަނުޖެހުމެއް ހިނގިކަމަކަށް ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. ހަމަނުޖެހުން ހިންގީ މައްޗަންގޮޅި އުތުރު ދާއިރާގެ ވޯޓު ފޮށި ގުނުމުގެ ތެރޭގައެވެ.

://./215932

މައުޟޫޢުތަށް