ކުރިއަށް އޮތް 5 ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ

ސަން

7 ޖެނުއަރީ 2026 | ބުދަ | 4:07

ރާއްޖޭގެ ބޮޑު ސަރަހައްދަކަަށް މިއަދު، ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވެފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރު ހުންނާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހާ ހަވާލާދީ ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުތަކަށް، ޚާއްޞަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

://./216394

މައުޟޫޢުތަށް