ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ހުރި ފުނަގަހެއް ވިއްކަނީ، ފެށޭ އަގަކީ 300 ރުފިޔާ
ސަން
7 ޖެނުއަރީ 2026 | ބުދަ | 4:59
ފެހިކަން ގަދަ ވިލިމާލޭން ދުވަސްވީ ދެ ނިކަ ގަހެއް ނެގުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް، އެ އަވަށު ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ހުރި ފުނަގަހެއް ނީލަމުގައި ވިއްކާލަން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ވަނީ، ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ހުރި ފުނަގަހެއް ވިއްކާލަން އުޅޭ ކަމަށާއި، އެ ނީލަމުގެ ފެށޭ އަގަކީ 300 ރުފިޔާ ކަމަށެވެ.
އެ ގަހުގެ އިތުރު ތަފުސީލެއް ދީފައިނުވާއިރު އެ ގަސް ދެއްކުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު 14:00ގައި ކަމަށް ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ކަމަށް އެ އިއުލާނުގައިވެއެވެ.