އާސަންދައިން ބިލްތައް ނުދައްކާ އޮތް ލަންކާ ހޮސްޕިޓަލުން އާސަންދަ ޚިދުމަތް ކަނޑާލައިފި
ސަން
7 ޖެނުއަރީ 2026 | ބުދަ | 5:09
ގައުމީ ސިއްހީ އިންޝުއަރެންސްގެ ނިޒާމު، އާސަންދައިން ލަންކާ ހޮސްޕިޓަލަށް ދައްކަންޖެހޭ ބިލުތަކަށް ބޮޑު އަދަދެއްގެ ފައިސާ ނުދައްކާ އޮއްވައި, އެ ހޮސްޕިޓަލުން ދެމުންއައި އާސަންދައިގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި ލަންކާ ހޮސްޕިޓަލްގެ ބިލުތަކަށް އާސަންދައިން ދޭންޖެހޭ ވަރަށް ބޮޑު އަދަދެއް އޮތީ ނުދައްކައެވެ. އެގޮތުން 70 މިލިއަނެއްހާ ރުޕީސް، އެ ހޮސްޕިޓަލަށް ނުދައްކާ އޮތްކަން ވަނީ އެނގިފައެވެ.
އެއާއެކު އާސަންދައާއި ލަންކާ ހޮސްޕިޓަލާ ދެމެދު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، ދެކޮޅުން ވާހަކަ ދައްކައިގެން ވެސް އެއްބަސްވުމަކަށް ވަނީ ނާދެވިފައެވެ. އެއާއެކު ލަންކާ ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ކަނޑާލައިފައެވެ.