މުސާރައިގެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި
ސަން
7 ޖެނުއަރީ 2026 | ބުދަ | 6:12
ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް ހަދައިފިއެވެ.
ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލުވެފައިވާ ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި މިހާރު އަމަލުކުރާ ގޮތުން، މުސާރައިގެ ކުރިއެރުން ދެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން، އެ މިނިސްޓްރީން ހުއްދަދޭ ތާރީޚުން ފެށިގެންނެވެ.
އެ އުސޫލަށް މިއަދު ވަނީ ބަދަލު ގެނެސްފައެވެ.