އަންހެނެއްގެ ބޮލުގައި ޖަހައި، މާރާމާރީ ހިންގި މައްސަލަ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް
ސަން
7 ޖެނުއަރީ 2026 | ބުދަ | 7:20
މާލެ، ގަލޮޅު، ހަލަވެލި ގޯޅީގައި ފިރިހެނަކު އަންހެނެއްގެ ބޮލުގައި ޖަހައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން، ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.
ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގި މައްސަލައެއް ފުލުހަށް ރިޕޯޓުކުރީ ރޭ ގާތްގަނޑަކަށް ނުވައެއް ޖަހާކަން ހާއިރެވެ.
ސޯޝަލް މީޑިއާގައި ރޭ ދައުރުވި ވީޑިއޯއަކުން، ދެ ފިރިހެނުންނާއި އަންހެނަކު ފެނެއެވެ. އެ މީހުންގެ ތެރެއިން ޒުވާބެއްގެ އަޑުއިވޭއިރު، އެކަކު ދިޔައީ، އަންހެން މީހާއައި ދެން ހުރި ފިރިހެން މީހާގެ ދެމެދަށް ވަދެ، ދެ މީހުން ދުރުކުރަން މަސައްކަތް ކުރަމުންނެވެ.