ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީ

ސަން

7 ޖެނުއަރީ 2026 | ބުދަ | 8:23

ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ކަމަށެވެ.

އެ ދޯނީގައި ރޯވީ ކ. ގަމަރުގިރި ކިޔާ ފަޅު ރަށެއް ކައިރީ ކަމަށާއި، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި މާލޭ އޭރިއާ ކޮމާންޑުގެ ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މައުޟޫޢުތަށް