ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރުމުން: "އެ ގެއަށް ވަނީ ބަޔަކު މާރާމާރީ ހިންގަން އުޅޭތީ"
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 9:26
ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު, ހުއްދަ ނެތި ގެއަކަށް ވަނީ ބަޔަކު މާރާމާރީ ހިންގަން އުޅޭތީ ކަމަށް ކޯޓުގައި ބުނެފިއެވެ.
ވައްކަން ކުރުމާއި ހުއްދަ ނެތި ގޯތިގެދޮރަށް ވަނުމުގެ ތުހުމަތުގައި އިއްޔެ ވަނީ ށ. ފޭދުއަށް ނިސްބަތްވާ 42 އަހަރުގެ ފިރިހެނެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައެވެ.
ހުއްދަ ނެތި ގެއަކަށް ވަދެ ވައްކަން ކުރި ކަމުގެ ތުހުމަތު އޭނާއަށް ކުރެވޭއިރު ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާ އެ ގެއަށް ވަނީ ބަޔަކު މީހުން މާރާމާރީ ހިންގަން އުޅޭތީ ފިލަން ވެގެން ކަމަށެވެ. އަދި އެ ގެއިން ވައްކަމެއް ކުރަން އުޅެފައި ނުވާނެ ކަމަށް ބުންޏެވެ.