ލަންކާއަށް ދާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، ހައި ކޮމިޝަނަރުގެ ނުރުހުން

ސަން

8 ޖެނުއަރީ 2026 | ބުރާސްފަތި | 10:10

އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެތައް އިރަކު މަޑުކުރަން ޖެހުމުން އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ލަންކާއަށް ގިނަ އަދަދެއްގެ ދިވެހީން ޗުއްޓީ ހޭދަކުރާށާއި ބޭސް ފަރުވާ އަދި ކިޔެވުމުގެ ކަންކަމަށް ވެސް ދަތުރުކުރެއެވެ. އެންމެ ގިނަ ދިވެހީން ދިރިއުޅޭ އެއް ބޭރު ގައުމަކަށް ވެސް ލަންކާ ވާނެއެވެ.

ލަންކާއަށް ދިއުމަށް ކޮންމެހެން ވިސާ ނަގާކަށް ނުޖެހެއެވެ. އެއީ އޮންއެރައިވަލް ވިސާ އެ ގައުމުން ދިވެހީންނަށް ލިބޭތީއެވެ. ނަމަވެސް އެ ގައުމުގައި ގިނަ ދުވަހަށް މަޑުކުރާނަމަ ދިވެހީން ވެސް ވިސާ ނަގަން ޖެހެއެވެ.

މައުޟޫޢުތަށް