ސިނަމާލޭ ބުރިޖު ހައިވޭގައި ހުރި ސޯލާ ޕެނަލެއްގައި ރޯވެއްޖެ
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 10:20
މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހައިވޭގައި ހަރުކޮށްފައި ހުންނަ ސޯނާ ޕެނަލްތަކުގެ ތެރެއިން ޕެނަލެއްގައި މިއަދު ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، މިދިލިމަގުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލެއްގައި ރޯވެފައިވާ ކަމުގެ ރިޕޯޓް މިއަދު 08:34 ހާއިރު ލިބުނު ކަމަށެވެ.
އެ ރިޕޯޓު ލިބުމާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ސިފައިން ބުންޏެވެ. އެގޮތުން، ފަޔާފައިޓަރުން ކުރި މަސައްކަތުން ސޯލާ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 08:45 ހާއިރު ކަމަށް ޚިދުމަތުން ބުންޏެވެ.