ރިޓަޔާ ކުރީ އަމިއްލަ ސަބަބަކަށްޓަކައި: މައިމޫނާ

ސަން

8 ޖެނުއަރީ 2026 | ބުރާސްފަތި | 12:30

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ތަފާތު ލީޑާޝިޕެއް ދެއްކެވި, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު, ރިޓަޔާ ކުރައްވަން ނިންމެވީ, އަމިއްލަ ސަބަބަކަށްޓަކައި ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވި، މައިމޫނާ ރިޓަޔާކުރައްވަން ނިންމަވާފައިވާކަމުގެ ޚަބަރު މީޑިއާތަކަށް ތިލަވީ އިއްޔެއެވެ.

'ސަން'އިން ސުވާލުކުރުމުން މައިމޫނާ މިއަދު ވިދާޅުވީ، ރިޓަޔާކުރެއްވީ، އުސޫލުތަކާ އެއްގޮތަށް އަމިއްލަ ސަބަބަކަށްޓަކައި ކަމަށެވެ. އަދި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަގާމުން ރިޓަޔާކޮށްދެއްވާފައިވާ ކަމަށް މައިމޫނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް