ލަންކާ ވިސާ ދިވެހީންނަށް ދަތިވުން: ނަޝީދު ގޮވައިލެއްވީ ދެ ގައުމުގެ މެދުގައި ވިސާ އަދި ވޯކް ޕާމިޓް އުވާލަން
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 12:37
އަވައްޓެރި ސްރީލަންކާއިން ދިވެހީންނަށް ވިސާ ލިބުން ދަތިވެފައިވާކަމަށް ވިދާޅުވެ، އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު ނުރުހުން ފާޅުކުރައްވާފައި ވަނިކޮށް، ލަންކާއާ ރާއްޖެއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލަން ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.
ލަންކާގެ ޑެއިލީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި މަސްއޫދު ވަނީ ލަންކާއަށް ޒިޔާރަތްކުރާ ދިވެހީންނަށް 'ދޮން މަންމަ'އިންގެ އުސޫލުން ކަންކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، ލަންކާއަށް ދާ ދިވެހީން ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވިސާ ހޯދަން މަޑުކުރަން ޖެހޭ ކަމަށެވެ.
އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ބޯޑަރު ކޮންޓްރޯލް އުވާލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އިގްތިސޯދީ އަދި އިޖްތިމާއީ ގުޅުންތައް ހަރުދަނާ ކުރުމަށް ބާރުއަޅާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.