އިތުރު ފީއެއް ނުނަގައި، ''އަވަސް''އިން ޒަކާތް ދެއްކޭ ގޮތް ހަދަނީ
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 12:52
އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކޭނެ ގޮތް ހެދުމަށް، އެ ކުންފުންޏާއި މޯލްޑިވްސް ޒަކާތު ހައުސްއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަރު ޢަބްދުﷲ ޢަލީއެވެ. އަދި އަވަސް އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޔާނިއު ރަމީޒެވެ.
ޒަކާތު ހައުސްއިން ބުނީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ މީހުންނަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.