ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ތައްޔާރުކުރާ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލައިފި
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 1:20
ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ސޯޝަލް މިނިސްޓްރީން ކުރިއަށްގެންދާ 'ޖޮބް ރެޑިނަސް ޕްރޮގްރާމު'ގެ ތިން ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޮބް ރެޑިނަސް ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މަސައްކަތުގެ މާހައުލަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ކިޔެވުން ކުރިއަށްގެންގޮސްފައިވަނީ 2024ވަނަ އަހަރުގެ ޖޫން މަހުގެ 26އިން އެ އަހަރުގެ އޮގަސްޓު މަހުގެ 29ގެ ނިޔަލަށެވެ. އެ ޕްރޮގްރާމްގައި ބައިވެރިވި 12 މީހަކު ކާމިޔާބުކަމާއެކު ޕްރޮގްރާމް ނިންމި ކަމަށް ފެމިލީ މިނިސްޓްރީން ބުންޏެވެ.