އެޗްސީއޭ ދެވަނަ ރަންތަރި ގުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްމީޑިއާ

ސަން

8 ޖެނުއަރީ 2026 | ބުރާސްފަތި | 6:22

ހުޅުމާލެ ކޮމިއުނިޓީ އެލައަންސް (އެޗްސީއޭ) ދެވަނަ ރަންތަރި ގުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖެއްސުމަށް މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އެސްއެސްމީޑިއާގެ ފަރާތުން ސޮއިކުރެއްވީ، ޗީފް ކޮންޓެންޓު އޮފިސަރު މުހައްމަދު ޒަހީންއާއި އެޗްސީއޭގެ ރައީސް ޖިހާދު އަބްދުﷲއެވެ.

ޖިހާދު ވިދާޅުވީ، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަންސިޔާމް މީޑިއާ ޚިޔާރުކުރީ، މި މީޑިއާއަކީ، މިހާރު އެންމެ ގިނަ ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ މީޑިއާއަކަށް ވާތީ ކަމަށެވެ. ޖިހާދު ވިދާޅުވީ ގޮތުގައި، މި ފަހުމުނާމާގެ ދަށުން މި މުބާރާތުގެ ރެކޯޑިން އަންނަ ރޯދަ މަހު އެސްއެސްޓީވީން ދައްކަން ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް