ޒަކާތު ފަންޑުން 2022އާއި 2023ގައި ބޭސްފަރުވާއަށް އެހީވާން 45.9 މިލިއަން ރުފިޔާ ޚަރަދުކުރި
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 5:04
ޒަކާތު ފަންޑުން 2022އާއި 2023ގައި، ފުދުންތެރިކަން ނެތް މީހުންގެ ބޭސްފަރުވާއަށް އެހީވާން 45.9 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް އެ ފަންޑުގެ މާލީ ބަޔާންތަކުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރަށް، ޒަކާތު ފަންޑުގެ އޮޑިޓްތައް ހާމަކޮށްފައެވެ. އޭގެ ތެރެއިން 2022 ވަނަ އަހަރުގެ އޮޑިޓުގައި ވަނީ، އެ އަހަަރުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ ފަންޑުގެ މަގުސަދުތައް ހާސިލުވާ ގޮތަށް، ބަޖެޓުގައި ކަނޑައަޅައިފައިވާ ކަންތައްތަކަށް ކަމަށް ބުނެފައެވެ. އަދި ޚަރަދުކޮށްފައިވަނީ ބަޖެޓުގައި ކަނޑައަޅައިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވައިދާއި ޒަކާތު ފަންޑުގެ ޓްރަސްޓް ސްޓޭޓްމެންޓާ އެއްގޮތަށް ކަމަށް އޮޑިޓުގައިވެއެވެ.
އެ ދެ އޮޑިޓުގައިވާ ގޮތުން، 2022އާއި 2023ގައި ފިތުރު ޒަކާތުގެ ގޮތުގައި 17 މިލިއަން ރުފިޔާ ލިބުނެވެ. އަދި މުދަލު ޒަކާތުގެ ގޮތުގައި 182 މިލިއަން ރުފިޔާ ލިބިފައިވެއެވެ.