ހައިކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 6:29
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހައިކޯޓު ކޯޓު ތަމުސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖައްސަން އެ ކޯޓުން މިއަދު ނިންމައިފިއެވެ.
އެންމެ ފަހުން ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރެއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ. އެކަމަކު، އޭނާވަނީ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައެވެ.
ހައިކޯޓުން މިއަދު ޝަފީއު ޖޭއެސްސީއަށް އިންތިހާބު ކުރިނަމަވެސް، ޝަފީއު ޖޭއެސްސީއަށް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޖޭއެސްސީއަށް އައްޔަން ކުރުމުގެ ކުރިން ހުވައެއް ވެސް ކުރައްވާނެއެވެ.