މި ރޯދަ މަހު މަމްސް އެއިޑުން ދަތިހާލުގައި ދިރިއުޅޭ 300 އާއިލާއަކަށް އެހީވަނީ

ސަން

8 ޖެނުއަރީ 2026 | ބުރާސްފަތި | 7:10

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތިހާލުގައި ދިރިއުޅެން ޖެހިފައިވާ 300 އާއިލާއަކަށް އެހީތެރިވުމަށް މަމްސް އެއިޑްއިން 'ރަމަޟާން އެއިޑް' ކެމްޕޭން ފަށައިފިއެވެ.

މަމްސް އެއިޑަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި، ދަތިހާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތެރި ޖަމިއްޔާއެކެވެ.

މަމްސް އެއިޑުން ބުނީ މި ކެމްޕޭނަކީ ބަރަކާތްތެރި ރަމަޟާން މަސް ގާތްވަމުން އަންނައިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަމާއި، އުންމީދާއި، އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.

މައުޟޫޢުތަށް