ރޯދަ ހަދިޔާއަށް މިފަހަރު 86.6 މިލިއަން ރުފިޔާގެ މަސްކޭސް ބަހާނެ

ސަން

8 ޖެނުއަރީ 2026 | ބުރާސްފަތި | 8:26

އަންނަ ފެބްރުވަރީ މަހުގެ މެދުތެރޭ ފަށާ މިއަހަރުގެ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުުގައި ޖުމްލަ 90 މިލިއަން ރުފިޔާގެ މަސްދަޅު ކޭސް ބަހާނެކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ހާމަކޮށްފިއެވެ.

މިފްކޯއިން 'ސަން'އަށް މިއަދު ބުނީ، ރޯދަ ހަދިޔާގެ ގޮތުގައި 118،000 މަސްދަޅު ކޭސް ބެހުމަށް ޓަކައި މަސް ކޭސްތައް ބަންދުކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މިދިޔަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހީ، ޖުމްލަ 48 ދަޅު ހިމެނޭ ތެޔޮ މަސްދަޅު ކޭހެވެ. ބާޒާރުގައި މިފްކޯއިން މީގެ މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އެހެންކަމުން 118،000 މަސްދަޅު ކޭސް ނަމަ އެއީ ޖުމްލަ 89.6 މިލިއަން ރުފިޔާއެވެ.

މައުޟޫޢުތަށް