މިދިޔަ މަހު މިރާއަށް ޖުމަލަ 3.2 ބިލިއަން، ޓޫރިޒަމުން 1 ބިލިއަން ލިބުނު
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 8:01
މިދިޔަ މަހު މީރާއަށް 3.2 ބިލިއަން ރުފިޔާގެ އާމްދަނީ ބަަލައިގަތް ކަމަށާއި، އޭގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީގެ ނިސްބަތް ބޮޑުކަމަށް ޓެކުހާ ބެހޭ އިދާރާ މީރާއިން މިއަދު ބުނެފިއެވެ.
މީރާއިން ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.24 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.7 އިތުރު އަދަދެކެވެ. އަދި މި އަދަދަކީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %17.4 އިތުރު އަދަދެކެވެ.
މީރާއިން ބުނިގޮތުގައި ޑިސެެންބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޑިސެެންބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.