އައްޑޫ ފޭދޫއިން 19 އަހަރުގެ އަންހެނެއް ގެއްލިގެން ހޯދަނީ
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 7:11
އައްޑޫ ސިޓީ، ފޭދޫއިން 19 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް މިއަދު ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، 19 އަހަރުގެ ޙައްވާ ރާއިދާ މުނީރެވެ. ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ރާއިދާ ހޯދަމުންދަނީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ މެންދުރުފަހު 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.