ގޯލްޑަން ފުޓްސަލް މުބާރާތާއެކު އުރީދޫގެ ޚާއްސަ ޕްރޮމޯޝަނެއް: ޓެންޓަށް ޒިޔާރަތްކޮށް މެލޭޝިއާ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު

ސަން

8 ޖެނުއަރީ 2026 | ބުރާސްފަތި | 9:14

މި މަހު ކުރީކޮޅު ފެށި އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫން ޚާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން ބުނީ، މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މުބާރާތުގައި، އުރީދޫން ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޓަކައި ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ހުންނަ އުރީދޫގެ ޓެންޓަށް ޒިޔާރަތްކޮށްލުމުން ބައިވެރިވެވޭނެ ކަމަށެވެ.

ކޮންމެ ހަފުތާއަކު އޮންނަ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޓަކައި ޖެހޭނީ ޓެންޓަށް ޒިޔާރަތްކޮށް، އުރީދޫގެ ސުޕަނެޓް، ޕޯސްޓްޕެއިޑް، އަދި 5ޖީ އެއާފައިބާގެ ޚިދުމަތްތަކުގެ ޕެކޭޖުތަކުގެ ތެރެއިން 400 ރުފިޔާއަށް ވުރެ މަތީ ޕެކޭޖެއް ގަންނާށެވެ.

މައުޟޫޢުތަށް