އެއް މަހުން 104 މަސާޖު ޕާލާއެއް ބަންދުކޮށްފިން، 200 ތަނެއް އަދި ބަންދުކުރަން ޖެހޭ: ރައީސް

ސަން

8 ޖެނުއަރީ 2026 | ބުރާސްފަތި | 10:31

ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާނެ ކަމަށާއި، 200 އެތައް ތަނެއް އަދިވެސް ބަންދުކުރަން ޖެހޭ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ، މި ގައުމުގައި މޫލާފައި ހުރި ނުބައި އާދަތައް ނައްތާލަން ރައްޔިތުންގެ މަޝްވަރާ ހޯދައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި، އެގޮތުން ކުރާ އެއް ކަމަކީ މަސާޖު ޕާލާތައް ބަންދުކުރުން ކަމަށެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން މަސާޖު ޕާލާތައް ބަންދުކުރަން މަސައްކަތްކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް