އައްޑޫ ފޭދޫއިން ގެއްލިގެން ހޯދި 19 އަހަރުގެ އަންހެން މީހާ ފެނިއްޖެ
ސަން
8 ޖެނުއަރީ 2026 | ބުރާސްފަތި | 10:43
އައްޑޫ ސިޓީ، ފޭދޫއިން 19 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށް އޭނާ ހޯދުމުގެ މަސައްކަތް ފެށިކަން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ އެ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދީ ސ. ފޭދޫ، ހަމްދަރުދީގެ، 19 އަހަރުގެ ޙައްވާ ރާއިދާ މުނީރެވެ. ރާއިދާ ހޯދީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް މެންދުރުފަހު 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އޭގެ ފަހުން އަށްގަޑިއިރެއްހާއިރު ވެފައިވާއިރު މިހާރު އޭނާ ހޯދައިފައިވާކަމަށް ސ. ގަން ޕޮލިސް ސްޓޭޝަނުން ވަނީ "ސަން"އަށް މައުލޫމާތު ދީފައެވެ.