ޕީއެންސީގައި މެންބަރުން ގިނައީ ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރާތީ: ފަލާހް
ސަން
9 ޖެނުއަރީ 2026 | ހުކުރު | 11:27
ވޭތުވެދިޔަ ދެ އަހަރުގެ މުއްދަތުގައި ވެރިކަންކުރާ ޕީއެންސީއަށް ގިނަ މެންބަރުން ސޮއިކުރީ ރައްޔިތުން އެދޭ ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަން ކުރައްވާތީ ކަމަށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިރޭ ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އެންމެ ކުރު މުއްދަތެއްގެ ތެރޭ ގިނަ މެންބަރުން ގުޅުނީ ޕީއެންސީއަށް ކަމަށެވެ.
މީގެ ދެ އަހަރު ކުރިން ވެރިކަމާ ހަވާލުވިއިރު 3،000 އެއްހާ މެންބަރުން ތިބި ޕީއެންސީގައި މި ވަގުތު 74،000 އަށް ވުރެ ގިނަ މެންބަރުން އެބަތިބި ކަމަށް ވިދާޅުވެ، ވޭތުވެދިޔަ 25 ދުވަހުގެ ތެރޭ އިތުރު 5،000 މެންބަރުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.