ޑޮލަރު 25 އަށް އަރާނެ، ރައްޔިތުން އެކަން ތަހަންމަލެއް ނުކުރާނެ: ޔާމީން

ސަން

9 ޖެނުއަރީ 2026 | ހުކުރު | 1:29

ދިވެހި އިގުތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ކިރިޔާ ވެސް މަސައްކަތެއް ހިނގާނަމަ ޑޮލަރުގެ އަގު 25 ރުފިޔާއާ ހަމައަށް އުފުލޭނެ ކަމަށް ވިދާޅުވެ، އެއީ ރައްޔިތުން ތަހަންމަލުކުރާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20.20 ރުފިޔާއަށެވެ. އެއީ، މި ފަހުގެ ތާރީޚެއްގައި ޑޮލަރުގެ އަގު އެރި އެންމެ މައްޗެވެ.

އަމިއްލަފުޅު ޕާޓީ، ޕީއެންއެފުން ކޮންމެ ހަފުތާއަކު ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، މިހާރު ޑޮލަރުގެ އަގު 20 ރުފިޔާގައި ވެސް އެ ހުރީ އެއަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން ކަމަށެވެ. ކިރިޔާ ވެސް ތަރައްގީގެ މަޝްރޫއުތަކާއި އިގުތިސާދީ މަސައްކަތްތައް ހިނގަން ފަށައިފި ނަމަ، ޑޮލަރުގެ އަގު މާ މައްޗަށް އަރާނެ ކަމަށް އެ މަނިކުފާނު އަންދާޒާކުރައްވައެވެ.

މައުޟޫޢުތަށް