އަބުރު މައްސަލައިގައި ސަލީމް، ހީނާ ގޮވައިގެން ހައިކޯޓަށް

ސަން

9 ޖެނުއަރީ 2026 | ހުކުރު | 3:32

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ މިހާރުގެ ސީއީއޯ ހީނާ ވަލީދާއި ދިޔަރެސް މީޑިއާ އަތުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ނާކާމިޔާބުވުމުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފިއެވެ.

ހީނާއާއި ދިޔަރެސް އަތުން 10 މިލިއަން ރުފިޔާ ހޯދަން ސަލީމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ 2022 ވަނަ އަހަރެވެ.

އެ އަހަރުގެ އޮގަސްޓް މަހު ސިވިލް ކޯޓުގައި ރަޖިސްޓްރީކުރި މި މައްސަލައަކީ، ސަލީމް އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އެ ކަމާ ގުޅިގެން އެ ނޫހުގެ މަސްއޫލުވެރި ފަރާތުގެ ހައިސިއްޔަތުން ދިޔަރެސް މީޑިޔާގެ މައްޗަށް، އަދި އެ ނޫހުގެ އެޑިޓަރުގެ ހީނާގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދަން ސަލީމް ވަނީ ހުށަހަޅާފައެވެ.

މައުޟޫޢުތަށް