އެތައް އަހަރެއް ކުރީގެ ހަނދާންތައް ފެންނަން ހުރި ކުޅުދުއްފުށީ ތަރިޖެހިގެ ހިމާޔަތްކުރަނީ

ސަން

9 ޖެނުއަރީ 2026 | ހުކުރު | 4:22

އެތައް އަހަރެއްވީ، އާސާރީ ތަކެތި ފެންނަ ހުރި ހދ. ކުޅުދުއްފުށި ތަރިޖެހިގެ ހިމާޔަތްކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަރިޖެހިގެ ހިމާޔަތްކުރަން ސިޓީ ކައުންސިލުން ނިންމީ ސަގާފަތާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެއްކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ތަރިޖެހިގެއަކީ އިހުޒަމާނުގައި ދިވެހީންގެ ދިރިއުޅުން ބިނާވެފައި އޮތް ގޮތާއި ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ދައްކުވައިދޭ ބިނާއެއް ކަމަށް އާތިފު ވިދާޅުވިއެވެ.

މައުޟޫޢުތަށް