ވިސާއާ މެދު ނުރުހުން ފާޅުކުރެއްވުމަށްފަހު މަސްއޫދު، ލަންކާގެ އިދިކޮޅަށް ނިސްބަތްވާ ނަމަލްއާ ބައްދަލުކުރައްވައިފި

ސަން

9 ޖެނުއަރީ 2026 | ހުކުރު | 7:27

އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެތައް އިރަކު މަޑުކުރަން ޖެހޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައިވަނިކޮށް، އެ ގައުމުގެ އިދިކޮޅުގައި ހަރަކާތްތެރިވާ ނަމަލް ރާޖަޕަކްސައާ ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީއަކީ އެ ގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރާ އިދިކޮޅު ފިކުރުގެ ޕާޓީއެކެވެ. އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާއާ މަސްއޫދު ބައްދަލުކުރެއްވިކަން ހާމަވީ ނަމަލް އެ ބައްދަލުވުމުގެ މައުލޫމާތު އެކްސްގައި އާންމު ކުރެއްވުމުންނެވެ.

://./216434

މައުޟޫޢުތަށް