ނާވައިދޫގެ 90 އަހަރުވީ ސީދީބޭ ވަޅު ހިމާޔަތްކުރަން ނިކަގަހެއް ނަގަނިކޮށް ވަޅު ހަލާކުވެއްޖެ

ސަން

9 ޖެނުއަރީ 2026 | ހުކުރު | 9:58

ހދ. ނާވައިދޫގައި އާސާރީ ބިނާއެއްގެ ގޮތުގައި ހުރި ސީދީބޭ ވަޅު ހިމާޔަތްކުރުމަށް އެ ވަޅު ކައިރި ހުރި ގިނަ ދުވަސްވީ ނިކަގަހެއް ނަގަން އުޅުމުގެ ތެރޭގައި ގަސް ވެއްޓި، ވަޅުގެ ބައެއް ވެސް ހަލާކުވެއްޖެއެވެ.

އެ ރަށުގެ ވަރަށް ގިނަ ރައްޔިތުން މިހާރު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އެއް ކަމަކީ ސީދީބޭ ވަޅުގެ ބައެއް ވެސް ހަލާކުވެފައި ހުރުމެވެ.

އެގޮތުން "ސަން"އާ އެ ރަށުން ވާހަކަ ދެއްކި އާންމު ރައްޔިތަކު ބުނި ގޮތުގައި އެ ރަށުގައި ހުރި 90 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީޚީ ބިނާއެއް ކަމަށްވާ ސީދީބެ ވަޅާއި އެތަނުގައި ހުރި ބޮޑު ނިކަގަސް، ކައުންސިލުން ވަނީ ނައްތައިލައިފައެވެ.

މައުޟޫޢުތަށް