ޓެކްސްތައް ބޮޑުކުރުމުން، މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީއަށް 37 ޕަސެންޓުގެ އިތުރުވުމެއް
ސަން
10 ޖެނުއަރީ 2026 | ހޮނިހިރު | 11:14
މި ސަރުކާރުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ ފަހުކޮޅު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމުން، މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޑޮލަރުގެ މިންވަރު 37 ޕަސެންޓް އިތުރުވެއްޖެއެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހުގެ ދަށުން ގްރީން ޓެކްސްއާއި ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކުހުގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރިއެވެ.
އޭގެ ތެރެއިން ޑިޕާޗާ ޓެކުހާއި އެއާޕޯޓް ފީ ބޮޑުކުރީ ޑިސެންބަރު 1، 2024ގައެވެ. އެގޮތުން އިކޮނޮމީ ކްލާހުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހީންގެ އަތުން ޓެކްސް ނުނެގި ނަމަވެސް، ބިދޭސީންގެ އަތުން ނަގަމުން އައި ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރިއެވެ. އަދި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާ ފީ 120 ޑޮލަރަށް ބޮޑުކުރިއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240އަށް ބޮޑުކުރިއެވެ.